މަރުގެ އަދަބު ލިބޭ ކުށް ބަންގްލާދޭޝްގެ ކުރީގެ ބޮޑުވަޒީރު ހަސީނާގެ މައްޗަށް ސާބިތުވެއްޖެ

މިހާރު

17 ނޮވެމްބަރު 2025 | ހޯމަ | 1:31

އިންސާނިއްޔަތާ ހިލާފް އަމަލުތައް ހިންގި ކަމުގެ ކުށް ބަންގްލާދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިހް ހަސީނާގެ މައްޗަށް ސާބިތުވާ ކަމަށް އެ ގައުމުގެ ހާއްސަ ކޯޓަކުން މިއަދު ހުކުމްކޮށްފި އެވެ.

ހަސީނާގެ މައްޗަށް އަދި އަދަބު ކަނޑައެއް ނާޅަ އެވެ.

އުމުރުން 78 އަހަރުގެ ހަސީނާގެ ވެރިކަން މިދިޔަ އަހަރުގެ އޯގަސްޓް މަހު ވައްޓާލުމާ އެކު ވަނީ ފިއްލަވައިގެން އިންޑިއާއަށް ވަޑައިގެންފަ އެވެ. ޝަރީއަތަށް ހާޒިރުވާން ކޯޓުން އެތައް އަމުރެއް ނެރުމުން ވެސް ހަސީނާ ހާޒިރުވެ ވަޑައިގެންފައި ނުވާތީ ހުކުމް ކުރީ އޭނާގެ ޣައިރު ހާޒިރުގަ އެވެ.

މައުޟޫޢުތަށް