ޕާކިސްތާނުގެ ގާނޫނުއަސާސީއަށް ގެނައި އިސްލާހަކާ ދެކޮޅު ހެދުމަށް ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު އިސްތިއުފާ ދެއްވައިފި
މިހާރު
17 ނޮވެމްބަރު 2025 | ހޯމަ | 3:39
ޕާކިސްތާނުގެ ގާނޫނުއަސާސީއަށް ގެނައި އިސްލާހުތަކެއްގެ ސަބަބުން ގާނޫނުއަސާސީގެ ބާރު ކެނޑިއްޖެ ކަމަށް ވިދާޅުވެ އެ ގައުމުގެ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު އިސްތިއުފާ ދެއްވައިފި އެވެ.
އިދިކޮޅު ފަރާތްތަކުން ބުނާ ގޮތުގައި، މިދިޔަ ހަފްތާގައި ގެނައި އިސްލާހުތަކުގެ ސަބަބުން ސުޕްރީމް ކޯޓުގައި ދެން ދުސްތޫރީ މައްސަލަތަކެއް ނުބެލޭނެ އެވެ. އަދި މި ބަދަލުތަކާ އެކު އެ ގައުމުގެ އަސްކަރިއްޔާގެ ބާރުތައް ސިޔާސީ ކަންކަމުގެ ތެރެއަށް އިތުރުވެ ޑިމޮކްރަސީ ބަލިކަށިވާނެ ކަމަށް ވެސް ބުނެފައިވެ އެވެ.
އާ އިސްލާހުގެ ދަށުން ވަނީ ފެޑެރަލް ކޮންސްޓިއުޝަނަލް ކޯޓް އުފައްދައި އެ ކޯޓުގެ އިސް ފަނޑިޔާރު އައްޔަންކޮށް ހުވާކުރައްވައިފަ އެވެ. މީގެ ފަހުން ދުސްތޫރީ މައްސަލަތައް ބަލާ މި ކޯޓަށް ފަނޑިޔާރުން އައްޔަންކުރާނީ ސަރުކާރުންނެވެ.