އަހަރެންގެ ނިންމުމަށް އިހްތިރާމްކުރަން ބެލިންހަމަށް މަޖުބޫރު: ޓޫހުލް

މިހާރު

17 ނޮވެމްބަރު 2025 | ހޯމަ | 11:01

އޭނާގެ ނިންމުމަށް އިހްތިރާމުކޮށް އެކަން ބަލައިގަންނަން ޖޫޑް ބެލިންހަމަށް މަޖުބޫރުވާނެ ކަމަށް އިނގިރޭސި ގައުމީ ޓީމުގެ ކޯޗު ތޯމަސް ޓޫހުލް ބުނެފި އެވެ.

ވޯލްޑް ކަޕް ކޮލިފައިންގެ ފަހު މެޗުގައި ރޭ އަލްބޭނިއާ ދެކޮޅަށް އިންގްލެންޑް ކުޅުނު މެޗުގެ ފަހު ހަ މިނެޓަށް ވެފައި ވަނިކޮށް ޓޫހުލް ވަނީ ބެލިހަމްގެ ބަދަލުކުރަން ނިންމައިފަ އެވެ.

ބެލިންހަމްގެ ބަދަލުގައި މޯގަން ރޮޖާސް ކުޅެން އަރުވަން ބަދަލު ރެފްރީ ބޯޑް ދައްކާލުމުން، ބެލިންހަމްގެ ނަން އެ ބޯޑުން ފެނުމުން އޭނާގެ މޫނުމަތީގައި އަތްއެޅި އެވެ. ޖޫން މަހަށް ފަހު އިނގިރޭސި ގައުމީ ޓީމުގައި ފުރަތަމަ 11 ގައި ހިމެނި އޭނާ ކުޅުނު ފުރަތަމަ މެޗުން އޭނާ ބަދަލުކުރާތީ ނުތަނަވަސްވެގެން ކުރި ކަމެއްގެ ގޮތުގައި ބެލެވުނެވެ.

މައުޟޫޢުތަށް