20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް ހޯސްޓުކުރަން ރާއްޖޭން ހުށަހަޅައިފި
މިހާރު
17 ނޮވެމްބަރު 2025 | ހޯމަ | 12:16
ސާފް ޗެމްޕިއަންޝިޕުގެ 20 އަހަރުން ދަށުގެ މުބާރާތް އަންނަ އަހަރުގެ މާޗު/ އޭޕްރިލްގައި ރާއްޖޭގައި ބާއްވަން އެފްއޭއެމުން ރަސްމީކޮށް ހުށަހަޅައިފި އެވެ.
އެފްއޭއެމުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ މި މުބާރާތް ރާއްޖޭން ހޯސްޓުކުރަން ހުށަހަޅަން އެ އެސޯސިއޭޝަނުގެ އެގްޒެކެޓިވް ކޮމިޓީން ފާސްކުރުމާ އެކު އެ ނިންމުން، ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) އާ ހިއްސާކޮށްފައިވާ ކަމަށެވެ.
އެފްއޭއެމުން ބުނީ މިއީ ސަރަހައްދީ ފުޓްބޯޅަ ކުރިއެރުމަށާއި، ޒުވާން ކުޅުންތެރިންނަށް ބައިނަލްއަގްވާމީ ފުރުސަތުތައް ހޯދައިދޭން އެފްއޭއެމުން ކުރަމުން އަންނަ މަސައްކަތުގެ ބައެއް ކަމަށެވެ.