ރާއްޖެއާ މެދު ސާފްގައި "ގެއްލުނު" އިތުބާރު އަލުން ހޯދަން އެފްއޭއެމުން ފިޔަވަޅުތަކެއް!

މިހާރު

20 ނޮވެމްބަރު 2025 | ބުރާސްފަތި | 11:13

ސާފްގެ 20 އަހަރުންދަށުގެ މުބާރާތް ބާއްވަން ރާއްޖެ އަށް ފުރުސަތު ދޭނެކަމުގެ ބޮޑު އުއްމީދެއް އެފްއޭއެމަށް މިހާރު އެބައޮތް

އިންޑިއާ އާއި ލަންކާ އާއި ބަންގަލަދޭޝާއި ނާޕާލާއި ބޫޓާނަށް ސާފްގެ އެކި މުބާރާތްތައް ބާހާލީ ރާއްޖޭގެ ކުރިމަތީގަ އެވެ. ސަރަހައްދީ ފުޓްބޯޅައިގެ އުމުރުފުރާގެ މުބާރާތެއް ރާއްޖޭގައި ބާއްވުމަށް ޔޫތު ފުޓްބޯޅައިގެ ކޯޗުންނާއި ކުޅުންތެރިންގެ ބެލެނިވެރިން ތިބީ ހުވަފެނެއްގަ އެވެ.

އެ ފުރުސަތު ހޯދަން އެފްއޭއެމުން އޭރު މަސައްކަތް ކުރިކަން "މިހާރު" އަށް އެނގިފަ ވެ އެވެ. އޭރު މަސައްކަތް ކުރީ މިއަހަރުގެ މުބާރާތެއްގެ ފުރުސަތު ހޯދުމަށެވެ.

މައުޟޫޢުތަށް