ބަންގްލާދޭޝްގެ ކުރީގެ ބޮޑުވަޒިރު ޝައިހް ހަސީނާ މަރަން ހުކުމްކޮށްފި
މިހާރު
17 ނޮވެމްބަރު 2025 | ހޯމަ | 2:54
އިންސާނިއްޔަތާ ހިލާފް އަމަލުތައް ހިންގި ކަމުގެ ކުށް ބަންގްލާދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިހް ހަސީނާގެ މައްޗަށް ސާބިތުވާ ކަމަށް އެ ގައުމުގެ ހާއްސަ ކޯޓަކުން މިއަދު ކަނޑައަޅައި މަރަން ހުކުމްކޮށްފި އެވެ.
އުމުރުން 78 އަހަރުގެ ހަސީނާގެ ވެރިކަން މިދިޔަ އަހަރުގެ އޯގަސްޓް މަހު ވައްޓާލުމާ އެކު ވަނީ ފިއްލަވައިގެން އިންޑިއާއަށް ވަޑައިގެންފަ އެވެ. އެހެންވެ ހުކުމްކުރީ އޭނާގެ ޣައިރު ހާޒިރުގަ އެވެ.
ހުކުމް އިއްވުމާ އެކު ހަސީނާ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ މިއީ ސިޔާސީ ހުކުމެއް ކަމަށެވެ.