ހުޅުމާލޭގެ ވަގްފު އިމާރާތް އަޅަން 244 މިލިއަން ރުފިޔާ އަށް އާރުސީސީއާ ހަވާލުކޮށްފި

މިހާރު

17 ނޮވެމްބަރު 2025 | ހޯމަ | 4:36

ހުޅުމާލޭގެ ވަގުފު އިމާރާތުން އަހަރަކު 52 މިލިއަނަށް ވުރެ ގިނަ ރުފިޔާ އާމްދަނީއެއް ލިބޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ލަފާކުރޭ.

ހުޅުމާލެ 1 ގައި އަޅާ ދާރުއްސަލާމް ވަގްފު އިމާރާތުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން 244 މިލިއަން ރުފިޔާ އަށް އާރުސީސީއާ މިއަދު ހަވާލުކޮށްފި އެވެ.

އެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރީ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ. އާރުސީސީން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ރަޝީދު އެވެ.

މައުޟޫޢުތަށް