ހެޔޮވެރިކަމެއްގެ ނިޝާންތައް މުޅި ދައުލަތުން އެބަ ފެނޭ: ނައިބު ރައީސް
މިހާރު
17 ނޮވެމްބަރު 2025 | ހޯމަ | 4:41
ވިސްނުންތެރިކަމާ އެކު ފިޔަވަޅަކަށް ފަހު ފިޔަވަޅެއް ރައީސް ޑރ. މުހައްމަދު މުއިއްޒު އަޅުއްވަމުން ގެންދަވާތީ އޭގެ ސަބަބުން ހެޔޮވެރިކަމުގެ ނިޝާންތައް މުޅި ދައުލަތުންނާއި މުޖުތަމައުން ފެނިވަޑައިގަންނަވާ ކަމަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.
ސަރުކާރަށް މިއަދު ދެ އަހަރު ފުރުމުގެ މުނާސަބަތުގައި ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ނައިބު ރައީސް ވިދާޅުވީ ރާއްޖޭގެ ވެރިކަން ކުރެއްވި އެއްވެސް ރައީސަކަށް އަތްލާން ކެރިވަޑައިނުގެންނެވި އެތައް ކަމެއް ހައްލުކުރައްވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާފައިވާ ކަމަށެވެ.
މި ވެރިކަމުގެ ކުރިން، މުޖުތަމައުގައި ނޭދެވޭ ކަންކަން އުފެދި ނަފްސުގެ ރައްކާތެރިކަން ނެތް ހިސާބަށް ގައުމުގެ ކަންކަން ދިޔައީ ކުރީގެ ރައީސުން ފަސޭހަ ގޮތްތައް އިހްތިޔާރު ކުރެއްވުމުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.