ހަސީނާ ހަވާލުކުރަން ބަންގްލާދޭޝް އިން އިންޑިއާއަށް ގޮވާލައިފި

މިހާރު

17 ނޮވެމްބަރު 2025 | ހޯމަ | 5:59

އިންޑިއާއިން ބުނީ އަމަލުކުރާނީ ބަންގްލާދޭޝްގެ ރައްޔިތުންގެ މަސްލަހަތަށް އެންމެ ރަނގަޅު ގޮތަށް ކަމަށް

އިންސާނިއްޔަތާ ހިލާފް އަމަލުތައް ހިންގުމުގެ ކުށް ސާބިތުވެ ދަންޖައްސައި މެރުމުގެ ހުކުމެއް މިއަދު އައިސްފައިވާ، ބަންގްލާދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިހް ހަސީނާ އަނބުރާ ގައުމަށް ފޮނުވަން ބަންގްލާދޭޝް އިން މިއަދު އިންޑިއާއަށް އަނެއްކާވެސް ގޮވާލައިފި އެވެ.

އުމުރުން 78 އަހަރުގެ ހަސީނާގެ ޒަމާންވީ ވެރިކަން މިދިޔަ އަހަރުގެ އޯގަސްޓް މަހު ނިމުމަކަށް ގެނައި މުޒާހަރާތައް ވަރުގަދަވުމާ އެކު އޭނާ ވަނީ ފިއްލަވައިގެން އިންޑިއާއަށް ވަޑައިގެންފަ އެވެ. ޝަރީއަތަށް ހާޒިރުކުރުމަށް ހަސީނާ ބަންގްލާދޭޝްއާ ހަވާލުކުރަން އެދުނު އެއްވެސް އެދުމަކަށް ވެސް އިންޑިއާއިން އިޖާބަ ދީފައި ނުވާތީ ދެ ގައުމުގެ ގުޅުމަށް ވެސް ވަނީ ނޭދެވޭ އަސަރުކޮށްފަ އެވެ.

މައުޟޫޢުތަށް