އެންމެބޮޑު ކާމިޔާބީއަކީ އިގުތިސާދު ހަމައަކަށް އެޅުވުން: އަބްދުއްރަހީމް
މިހާރު
17 ނޮވެމްބަރު 2025 | ހޯމަ | 7:47
ޕީއެންސީގެ ސަރުކާރަށް މި އަހަރު ދެ އަހަރުވީ އިރު އެންމެ ބޮޑު ކާމިޔާބީ އަކީ ރާއްޖޭގެ އިގުތިސާދު ހަމައަކަށް އެޅުވުން ކަމަށް އެ ޕާޓީގެ ޗެެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް މިއަދު ދެ އަހަރު ފުރުމާ ގުޅިގެން ޕީއެސްއެމަށް ދެއްވި ހާއްސަަ އިންޓަވިއުއެއްގައި އަބްދުއްރަހީމް ވިދާޅުވީ ރައީސް މުއިއްޒު ސަރުކާރާ ހަވާލުވެވަޑައިގެންނެވިއިރު، ރާއްޖޭގެ އިގުތިސާދު އޮތީ "ހޯދާ ބަލާ ބަޔަަކަށް ވެސް ނުފެންނަހާ އަޑީގައި" ކަމަށެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހަވާލުކުރި އެކިއެކި މަސައްކަތްތަަކަށް [ކުންފުނިތަކަށް] ދޭންޖެހޭ ފައިސާގެ ތެރެއިން ނުވަ ބިލިއަން ރުފިޔާ ނުދީ އޮތުމަކީ އޭގެ ހެއްއްގެ ގޮތުގައި އަބްދުއްރަހީމް ދެއްކެވި އެވެ. އެ ކަމަކު އެ ފައިސާ ވެސް މި ސަރުކާރުން އޭގެ ހައްގުވެރިންނަށް ދެމުން އަންނަ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.