މިނިވަންކަމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ބޭނުންކުރި ދެ ގޮނޑި ރާއްޖެއަށް ހަދިޔާކޮށްފި
މިހާރު
17 ނޮވެމްބަރު 2025 | ހޯމަ | 8:06
ރާއްޖޭގެ މިނިވަންކަމުގެ އެއްބަސްވުމުގައި 26 ޖުލައި 1965 ގައި ސޮއިކުރަން ބޭއްވި ރަސްމިއްޔާތުގައި ބޭނުންކުރި ދެ ގޮނޑި ދިވެހި ސަރުކާރަށް އިނގިރޭސިވިލާތުން ހަދިޔާކޮށްފި އެވެ.
އިނގިރޭސިވިލާތުގެ ފަރާތުން އެ ގޮނޑިތައް ރަސްމީކޮށް ހަވާލުކޮށްދެއްވީ ސަފީރު ނިކޮލަސް ޑޭވިޑް ލޯ އެވެ. ރާއްޖޭގެ ފަރާތުން އެ ގޮނޑިތަކާ ހަވާލުވެވަޑައިގަތީ ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލެވެ. އަދި މި ރަސްމިއްޔާތުގައި ތަރިކައާ ބެހޭ ވަޒީރު، އާދަމް ނަސީރު އިބްރާހީމް ބައިވެރިވެވަޑައިގަތެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފޮރިން މިނިސްޓަރު ހަލީލް ވަނީ އެ ގޮނޑިތަކުގެ ރަމްޒީ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައިފަ އެވެ.