ކޮޅުވެއްޓި ބަންޑުންޖަހާލި ހާދިސާ ހިނގީ އެމްޕީއެލްގެ ހާލަތު ދަށް ކަމުން: ނާޒިމް

މިހާރު

18 ނޮވެމްބަރު 2025 | އަންގާރަ | 10:43

މާލޭ ބަނދަރުގައި އޮތް ބޯޓަކުން ކޮޅުވެއްޓިއަކަށް އެކްސްކަވޭޓަރުތަކެއް އެރުވި ފަހުން އެޖަސްޓް ކުރަން އުޅުމުގެ ތެރޭގައި ކޮޅުވެއްޓިއެއް ބަންޑުންޖަހާލައި ދެ މީހަކު މަރުވި ހާދިސާ ހިނގީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ހާލަތު ދަށްވުމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އަހުމަދު ނާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނާޒިމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުން ބަލަމުން އަންނަ މައްސަލަތަކުގެ ތެރޭގައި އެމްޕީއެލްގެ މައްސަލައެއް ހިމެނޭ ކަމަށާއި އެ މައްސަލައިގެ ތެރެއިން ފެނުނީ ކުންފުންޏެއް މެނޭޖްކުރަންވާ ގޮތް ނޫން ގޮތްގޮތަށް މެނޭޖްކުރުމުގެ މިސާލެއް ކަމަށެވެ. ނަމަވެސް އެއީ މަޖިލީހުގެ ކޮން ކޮމިޓީއަކުން ބަލަމުން އަންނަ، އެމްޕީއެލްގެ ކޮން މައްސަލައެއް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެެ.

"[އެމްޕީއެލްގައި] މިއަދު އެކައްޗެއް ވެސް ނެތް، އެތަނަށް ބޭނުންވާ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދެވޭނެ ގޮތެއް ވެސް ނެތް. އެންމެ ފަހުން ވެސް އިހަށް ދުވަހު ހިނގި ހިތާމަވެރި ހާދިސާ، ކޮޅުވެއްޓިއެއް ބަންޑުންޖަހާލި ހާދިސާ ދިމާވީ ވެސް އެ ބޯޓުން ބޭލި މުދާ ހިފަހައްޓާވަރުގެ ސްޓްރެންތު، މިހާރު އޮތް ކީވޯލްގައި ނެތިގެން، ބޯޓު ކައިރިކުރާ މަގަތުފާލަމުގައި ނެތް އެ މުދާ ބޭލޭހާ، ބަރުދަން ހިފެހެއްޓޭހާ މިންވަރެއް،" ނާޒިމް ވިދާޅުވި އެވެ.

މައުޟޫޢުތަށް