ތަޖުރިބާގެ އަލީގައި ފިލިޕީންސްގެ ކޯޗު ބުނީ ރާއްޖޭގައި ކުޅެން އުނދަގޫކަމަށް!
މިހާރު
18 ނޮވެމްބަރު 2025 | އަންގާރަ | 10:34
ދިވެހި ޓީމާ ދެކޮޅަށް ރާއްޖޭގެ ދަނޑުގައި ކުޅެން އުނދަގޫކަމަށް ފިލިޕީންސްގެ ކޯޗު ކާލޯސް ކުއާޑްރަޓް ބުނެފި އެވެ.
އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ފސްޕެއިންގެ ކޯޗު ކުއާޑްރަޓް ނުކުންނަ މެޗަކީ ރާއްޖޭގައި އޭނާގެ ފުރަތަމަ ތަޖުރިބާއެއް ނޫނެވެ.
އިންޑިއާގެ ބެންގަލޫރު އެފްސީގެ ކޯޗިން ޓީމުގައި އޭނާ ވަނީ އޭއެފްސީ ކަޕް މެޗުތަކަށް ރާއްޖެ އައިސް ދިވެހި ކްލަބްތަކާ ދެކޮޅަށް ނުކުމެފަ އެވެ.