ސަރުކާރުން ލަފާކުރަނީ ހަނިމާދޫ އާއި ގަން އެއާޕޯޓާ އެކު އިގުތިސާދީ ކުރިއެރުން 10 ޕަސެންޓަށް ގެންދަން
މިހާރު
18 ނޮވެމްބަރު 2025 | އަންގާރަ | 11:42
ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓާއި ސ. ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކޮށް ނިމުމުން، އެ ދެ ސަރަހައްދަށް އިތުރުކުރާ ޓޫރިސްޓް އެނދުތަކާ އެކު، ރާއްޖޭގައި ޓޫރިޒަމް އެންމެ ބާރަށް ކުރިއެރި ދުވަސްވަރު ކަމަށްވާ 1980 އާއި 1990 ގެ އަހަރުތަކުގައި އައި ވަރުގެ ކުރިއެރުމެއް، އިގުތިސާދަށް އަންނާނެ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެ އެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުން ރާއްޖޭގެ ޓޫރިޒަމް އެނދުގެ އަދަދު 200 ގައި ހުރުމަށް ފަހު 11،300 އާ ހަމައަށް އިތުރުވީ 80 ގެ ގެ އަހަރުތަކުގަ އެވެ. އޭރު ރާއްޖޭގެ ޖީޑީޕީގެ ކުރިއެރުން ހުރީ އަހަރަކު އެވްރެޖްކޮށް 10 ޕަސެންޓުގަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށް ގެންދިޔަ އަންނަ އަހަރުގެ ބަޖެޓް ބަހުސްގެ ތެރެއިން ޖަވާބުދާރީވުމަށް ފިނޭންސް މިނިސްޓަރަށް ކަނޑައެޅި ވަގުތުގައި ޒަމީރު ވިދާޅުވީ، ބަޖެޓްގެ މަޝްވަރާތަކުގެ އެކި މަރުހަލާތަކުގައި ލިބުނު ފީޑްބެކްގެ ތެރޭގައި އިގުތިސާދީ ގޮތުން ރާއްޖެ ކުރިއަރާނެ މިންވަރާ މެދު އޮތް ކަންބޮޑުވުންތަކެއް ހިމެނޭ ކަމަށެވެ،