ބީއެމްއެލްއިން ޗެމްޕިއަންސް ލީގުގެ މެޗަކަށް ދާނެ ފުރުސަތު ދެނީ
މިހާރު
18 ނޮވެމްބަރު 2025 | އަންގާރަ | 12:23
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މާސްޓާ ކާޑާ ގުޅިގެން ޔުއެފާ ޗެމްޕިއަންސް ލީގު މެޗެއް ބަލަން ދިއުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.
އަންނަ ޑިސެމްބަރު 15 ގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ ބީއެމްއެލް އީއެންވީ ޕީއޯއެސް އަދި ބީއެމްއެލް ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށް ބީއެމްއެލް މާސްޓާކާޑުގެ ޕާސަނަލް ކާޑުތަކުން ފައިސާ ދައްކައިގެންނެވެ.
މި ޕްރޮމޯޝަންގެ ބޮޑު އިނާމަކީ ވަނީ އަންނަ އަހަރު ޕެރިހުގައި ކުޅޭ ޔުއެފާ ޗެމްޕިއަންސް ލީގުގެ ޕީއެސްޖީ އަދި ނިއުކާސަލް ވާދަކުރާ މެޗު ބަލަން ދިއުމުގެ ފުރުސަތު ލިބޭ ނަސީބުވެރި ދެ މީހަކު ހޮވުމެވެ.