"ކުރިމަގުގެ މެޗަށް" ހަމްޕް އެދުނީ ސަޕޯޓަރުންގެ އެހީ އަށް!
މިހާރު
18 ނޮވެމްބަރު 2025 | އަންގާރަ | 12:08
އޭޝިއަން ކަޕް ކޮލިފައިންގައި ފިލިޕީންސާ ދެކޮޅަށް މިއަދު ކުޅޭ މެޗަކީ ރާއްޖޭގެ ކުރިމަގަށްޓަކައި ކުޅޭ މެޗެއް ކަމަށާއި ސަޕޯޓަރުންގެ އެހީ ބޭނުންވާކަމަށް ޓީމުގެ ވައިސް ކެޕްޓަން ހަމްޒާ މުހައްމަދު (ހަމްޕް) ބުނެފި އެވެ.
އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެ ހިމެނޭ ގުރޫޕްގައި ޕޮއިންޓެއް ވެސް ނުލިބި އޮތް ހަމައެކަނި ޓީމަކީ ދިވެހި ޓީމެވެ. އެ ގުރޫޕްގައި ރާއްޖެ އާއި ފިލިޕީންސްގެ އިތުރުން ދެން ހިމެނެނީ ތަޖިކިސްތާނާއި ޓިމޯ ލެސްޓޭ އެވެ. ރާއްޖެއާ ދެކޮޅަށް އޮސްޓްރޭލިއާގައި ކުޅެ ޓިމޯ ލެސްޓޭން ވެސް ތިން ޕޮއިންޓް ހޯދި އެވެ.
ހަމްޕް ބުނީ ގައުމީ ޓީމުގެ ކޮންމެ މެޗަކީ ވެސް މުހިންމު އަދި ކުރިމަގުގެ މެޗެއް ކަމަށެވެ.