ސިޓީ ކައުންސިލުން އޭޓީއެމާ އެކު، ބަސް ސްޓޭޝަންތަކެއް މާލޭގައި އަޅަނީ
މިހާރު
18 ނޮވެމްބަރު 2025 | އަންގާރަ | 1:55
މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ އޭޓީއެމް ހިދުމަތް ލިބޭ ގޮތަށް މާލޭގައި ބަސް ސްޓޭޝަންތަކެއް އިމާރާތްކުރުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ފަށައިފި އެވެ.
މާލޭ ސިޓީ ކައުންސިލްގެ ވެބްސައިޓުގައި ބުނީ މާލޭގައި މުޅިން އަލަށް، އޭޓީއެމްގެ ހިދުމަތްތަކާ އެކު، ބަސް ސޮޓޮޕް އިމާރާތްތަކެއް ހެދުމަށް އެމްއައިބީއާ އެކު މިދިޔަ އާދިއްތަ ދުވަހު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ.
އެ އެއްބަސްވުމުގައި ސިޓީ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ސެކްރެޓަރީ ޖެނެރަލް އަބްދުލް މުހައިމިން ނަސީރެވެ. ރާއްޖޭގައި ދެވަނައަށް އެންމެ ބޮޑު ބޭންކު އެމްއައިބީގެ ފަރާތުން ސޮއިކުރެއްވީ އެ ބޭންކުގެ ޗީފް އެޑްމިނިސްޓްރޭޓިވް އޮފިސަރު މުހައްމަދު ޒުލާލް ޒައީމެވެ.