ކުރިން ޝަރުތު ހަމަވި މީހުން ވެސް ޖެނުއަރީގައި ހުޅުވާލާ ފްލެޓްތަކަށް ކުރިމަތިލާން ޖެހޭ: މިނިސްޓްރީ
މިހާރު
18 ނޮވެމްބަރު 2025 | އަންގާރަ | 2:52
ކުރީގެ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމުން ފްލެޓަށް ޝަރުތު ހަމަވާ ކަމަށް އެކުލަވާލައި ގެޒެޓްކުރި ލިސްޓުގައި ހިމެނޭ މީހުން ވެސް އަންނަ ޖެނުއަރީގައި މި ސަރުކާރުން ހުޅުވާލާ ބޯހިޔާވަހިކަމުގެ މަޝްރޫއުއަށް އަލުން ކުރިމަތިލާން ޖެހޭނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.
ހުޅުމާލޭގައި އިމާރާތްކުރި 4،000 ފްލެޓް ލިބޭ މީހުންގެ ލިސްޓާ އެކު ގިނަ ބަޔަކު ޝަރުތު ހަމަވާ ކަމަށް ކަނޑައަޅައި ލިސްޓެއް ވެސް އޮތީ އާއްމުކޮށްފަ އެވެ. އެ ސްކީމަށް 15،000 އަށް ވުރެ ގިނަ މީހުން ކުރިމަތިލި އެވެ.
ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކުރަން މި ސަރުކާރުން ކަނޑައެޅި "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން މާލެ ސަރަހައްދުން 7،500 ހައުސިން ޔުނިޓް ދޫކުރަން ވަނީ ނިންމައިފަ އެވެ. އެ މަޝްރޫއުއަށް އަންނަ ޖެނުއަރީ 4 ގައި ކުރިމަތިލާން ހުޅުވާލާނެ އެވެ.