ހޯމަ ދުވަހުން ފެށިގެން ރާއްޖެއަށް ވިއްސާރަ ކުރާނެ ކަމަށް ލަފާކޮށްފި

މިހާރު

18 ނޮވެމްބަރު 2025 | އަންގާރަ | 2:34

އަންނަ ހޯމަ ދުވަހުން ފެށިގެން މުޅި ރާއްޖެއަށް ވިއްސާރަކުރާނެ ކަމަށް މެޓް އޮފީހުން މިއަދު ލަފާކޮށްފި އެވެ.

މޫސުމާ ބެހޭ އިދާރާ، މެޓް އޮފީހުގެ އޮފިޝަލަކު "މިހާރު"އަށް ވިދާޅުވީ ބުރާސްފަތި ދުވަހުން ފެށިގެން ދެކުނުގެ އަތޮޅުތަކަށް ވިއްސާރަ ކުރާނެ ކަމަށެވެ. އަދި އެހެން ހިސާބުތަކަށް ކެރީގެ އަސަރުކުރާނެ ކަމަށާއި އަދި އަންނަ ހޯމަ ދުވަހުން ފެށިގެން މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެއީ ދެ މޫސުން ބެދޭ ދުވަސްވަރާ ދިމާކޮށް މި ކުރާ ވިއްސާރަ،" އޮފިޝަލް ވިދާޅުވި އެވެ.

މައުޟޫޢުތަށް