ބޭފެންސީން ގެނެސްދެނީ ލަގްޒަރީ ދިރިއުޅުމުގެ ވައްޓަފާޅި
މިހާރު
18 ނޮވެމްބަރު 2025 | އަންގާރަ | 4:14
ހުޅުމާލޭގައި ތަރައްގީކުރަމުން އަންނަ ލަގްޒަރީ އެޕާޓްމަންޓް ކޮމްޕްލެކްސް، ބޭފެންސީ ރެޒިޑެންސުން އަންނަނީ މަސައްކަތުގެ އެންމެ ފުރަތަމަ މަރުހަލާއިން ފެށިގެން، ތާވަލުކޮށްފައިވާ ޝެޑިއުލާ އެއްގޮތަށް، ވަގުތަށް މަސައްކަތްތައް ނިންމަމުންނެވެ. އެ ކަނޑައަޅާފައިވާ ވަގުތަށް އިމާރާތުގެ ސުޕަ ސްޓްރަކްޗާގެ މަސައްކަތް ނިންމައި ޕްރޮޖެކްޓުގެ ބޮޑު ކުރިއެރުމެއް ވަނީ ހޯދައިފަ އެވެ.
މިއީ ބޭފެންސީގެ ކަސްޓަމަރުންނަށް ވެފައިވާ ވައުދާ އެއްގޮތަށް، ކަނޑައަޅާފައިވާ ވަގުތަށް އިމާރާތް ނިންމައި، އެޕާޓްމަންޓު ހަވާލުކުރުމަށް ކުރަމުން އަންނަ މަސައްކަތަށް ވެސް ލިބުނު ބޮޑު ކުރިއެރުމެކެވެ.
ބޭފެންސީ އަކީ ހަމައެކަނި އެޕާޓްމަންޓް ކޮމްޕްލެކްސްއެއް ނޫނެވެ. މިއީ ލަގްޒަރީ ދިރިއުޅުމެއްގެ ފެށުމެވެ. މިއީ ދިރިއުޅުން އިތުރަށް ފުރިހަމަކޮށްދޭނެ އެކި ވަސީލަތްތަކާ އެކު، އަރާމު، ހިތްގައިމު ދިރިއުޅުމަކަށް ބޭނުންވާނެ އެކި ކަންތައްތައް ފުރިހަމައަށް ހިމަނައިގެން ތައްޔާރުކުރާ އިމާރާތެކެވެ. ތަން ޑިޒައިންކުރުމުގައި ގުދުރަތީ އަލި ވަންނަ ގޮތަށް ފަރުމާކުރުމުން ފެށިގެން ތަނުގެ އޯޕަން ވެންޓިލޭޝަނާއި ގަސްގަހާގެހީގެ ވާޓިކަލް ބަގީޗާއިން ފެށިގެން އިމާރާތުގެ ކޮންމެ ސިފައަކީ ވެސް އެ ތަނުގެ ދިރިއުޅުން އިތުރަށް ހިތްގައިމުކޮށް، ހިތްފަސޭހަކޮށްދިނުމުގެ ގޮތުން ހިމަނާފައިވާ ސިފަތަކެކެވެ.