ފްލައިދުބާއީ އިން އާ ބޯޓު ގަންނަން 24 ބިލިއަން ހަރަދުކުރަނީ
މިހާރު
18 ނޮވެމްބަރު 2025 | އަންގާރަ | 4:19
ޔޫއޭއީގެ ބަޖެޓް އެއާލައިނެއް ކަމަށްވާ ފްލައިދުބާއީ އިން އެ އެއާލައިންގެ ފްލީޓު ބޮޑުކުރުމަށް 24 ބިލިއަން ޑޮލަރު އިންވެސްޓްކުރަން ނިންމައިފި އެވެ.
ބޭރުގެ މީޑިއާތަކުގައިވާ ގޮތުން އެ އެއާލައިނުން ވަނީ އެއާބަސް އޭ321ނިއޯ މަރުކާގެ 150 ޖެޓް ގަތުމަށް އޯޑަރު ދީފަ އެވެ. އެ އެއްބަސްވުމުގެ ދަށުން އާ މަތިންދާބޯޓުތައް އެ އެއާލައިނަށް ލިބޭނީ 2031 ވަނަ އަހަރު އެވެ.
އެ އެއާލައިންގެ ޗެއާމަން ޝެއިހު އަހުމަދު ބިން ސައީދު އަލް މަހްތޫމް ވިދާޅުވީ އެއީ އެ އެއާލައިން އިތުރަށް ފުޅާކޮށް ކުރިއަށް ގެންދިއުމަށް އެޅި ފިޔަވަޅެއް ކަމަށެވެ. އެ އެއާލައިން އިން މިވަގުތު ވެސް ބޮއިން 737 މަރުކާގެ 95 މަތިންދާބޯޓު ބޭނުން ކުރެ އެވެ.