ކްލައުޑްފްލެއާގެ މައްސަލައަކާ ހެދި އެތައް ވެބްސައިޓެއް ޑައުންވެއްޖެ

މިހާރު

18 ނޮވެމްބަރު 2025 | އަންގާރަ | 6:48

ވެބްސައިޓްތަކާއި އެޕްލިކޭޝަންތަކުގެ ސެކިއުރިޓީ އާއި ޕާފޯމަންސް ހިފެހެއްޓުމަށް ބޭނުންކުރާ ކްލައުޑްފްލެއާގެ ހިދުމަތަށް ދިމާވި މައްސަލައަކާ ހެދި މުޅި ދުނިޔޭގައި އެތައް ވެބްސައިޓެއް ޑައުންވެއްޖެ އެވެ.

ޑީޑޮސް ފަދަ ހަމަލާތަކުން ސަލާމަތްކުރުމަށް ބޭނުންކުރާ ކްލައުޑްފްލެއާގެ ހިދުމަތް ބޭނުންކުރާ މަޝްހޫރު އެތައް ވެބްސައިޓަކާއި އެޕްތަކެއް ވެސް ވަނީ މި މައްސަލައާ ހެދި ނުވަދެވޭ ގޮތް ވެފަ އެވެ. އޭގެ ތެރޭގައި ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސް ވެސް ހިމެނެ އެވެ.

ރާއްޖޭގެ ވެސް އެތައް ވެބްސައިޓަކަށް ވަނީ މައްސަލަ ދިމާވެފަ އެވެ.

މައުޟޫޢުތަށް