ކްލައުޑްފްލެއާގެ މައްސަލައާއެކު ރާއްޖޭގެ ގިނަ ހިދުމަތްތަކަށް ބުރޫ އަރައިފި

މިހާރު

18 ނޮވެމްބަރު 2025 | އަންގާރަ | 9:14

ކްލައުޑްފްލެއާގެ ހިދުމަތަށް ދިމާވި މައްސަލައާ ގުޅިގެން ރާއްޖޭގެ ގިނަ ހިދުމަތްތަކަށް ބުރޫ އަރައިފި އެވެ.

ވެބްސައިޓްތަކާއި އެޕްލިކޭޝަންތަކުގެ ސެކިއުރިޓީ އާއި ޕާފޯމަންސް ހިފެހެއްޓުމަށް ބޭނުންކުރާ ކްލައުޑްފްލެއާއަށް ދިމާވި މައްސަލައަކާއެކު ވަނީ އެކްސް އާއި ޗެޓްޖީޕީޓީ ފަދަ މަޝްހޫރު އެތައް ވެބްސައިޓެއް ޑައުންވެފަ އެވެ. އަދި އެކަމާ ގުޅިގެން ރާއްޖޭގައި ވެސް ގިނަ ހިދުމަތްތަކަކަށް ވަނީ ބުރޫ އަރައިފަ އެވެ.

މުއާސަލާތީ ހިދުމަތްދޭ ދެ ކުންފުނި ކަމަށްވާ ދިރާގާއި އުރީދޫން ބުނީ ކްލައުޑްފްލެއާއަށް ދިމާވި މައްސަލައާ ހެދި ބައެއް ވެބްސައިޓުތަކާއި އެޕްލިކޭޝަންސްތައް ބޭނުންކުރުމުގައި ދަތިތަކެއް ދިމާވެދާނެ ކަމަށެވެ.

މައުޟޫޢުތަށް