138 މިލިއަން ޑޮލަރުގެ ލޯނެއް ނުދައްކާ ފިލައިގެން އުޅުނު ޗައިނާ މީހަކު ހައްޔަރުކޮށްފި
މިހާރު
19 ނޮވެމްބަރު 2025 | ބުދަ | 6:50
ވިޔަފާރީގެ ބޭނުމަށް ނެގި 138 މިލިއަން ޑޮލަރުގެ ކޯޕޮރޭޓް ލޯނެއް ނުދައްކައި ފިލައިގެން އުޅުނު ޗައިނާ މީހަކު އިންޑޮނީޝިއާ އިން ހައްޔަރުކޮށްފި އެވެ.
ރިއަލް އެސްޓޭޓް ވިޔަފާރި ކުރަން ނެގި ލޯނު ނުދައްކައި، ފިލައިގެން އުޅެނިކޮށް 58 އަހަރުގެ އެ މީހާ ހައްޔަރުކޮށްފައިވަނީ، އިންޑޮނީޝިއާގެ ހުޅަނގުގައި އޮންނަ ބަޓަމް ނަމަކަށް ކިޔާ ރަށެއްގައި އުޅެނިކޮށެވެ. އެކަމަކު އެ މީހާގެ ނަން ހާމަ ނުކޮށް ބޭނުންކޮށްފައިވަނީ "އެންޒެޑް" ގެ ނަމުންނެވެ.
އެ މީހާ ހައްޔަރުކޮށްފައިވަނީ، އިންޑޮނީޝިއާގައި ހުންނަ ޗައިނާ އެމްބަސީން އެ މީހާ ހައްޔަރުކުރުމަށް އެދުނު އެދުމަކާ ގުޅިގެން ކަމަށް އިންޑޮނީޝިއާގެ އިމިގްރޭޝަނުން ބުންޏެވެ.