ސައޫދީ ވަލީއަހުދަކީ އިންސާނީ ހައްގުތަކުގައި އާދަޔާހިލާފް ބޭފުޅެއް: ޓްރަމްޕު
މިހާރު
18 ނޮވެމްބަރު 2025 | އަންގާރަ | 11:47
ސައޫދީ އަރަބިއްޔާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާނަކީ އިންސާނީ ހައްގުގެ ރޮނގުން ބަލާއިރު އާދަޔާ ހިލާފް ބޭފުޅެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވިދާޅުވެއްޖެ އެވެ.
ޓްރަމްޕު މިހެން ވިދާޅުވީ ސައޫދީ ރަސްކަމަށް ފާޑު ކިޔައި ކޮލަމްތައް ލިޔަމުން ދިޔަ ކޮލަމިސްޓް ޖަމާލް ޚާޝުގްޖީ 2018 ވަނަ އަހަރު ތުރުކީގައި މަރާލުމުގައި ސައޫދީގެ ވެރިންނަށް އަދި ހާއްސަކޮށް މުހައްމަދުގެ މައްޗަށް ކުރެވުނު ތުހުމަތަށް ފަހު މުހައްމަދު ފުރަތަމަ ފަހަރަށް އެމެރިކާއަށް ވަޑައިގެން ޓްރަމްޕާ އެކު ބޭއްވެވި ބައްދަލުވުމަށް ފަހުގަ އެވެ.
"މިއަދު އޯވަލް އޮފީހަށް ވަޑައިގެން މި ހުންނެވީ ވަރަށް ވެސް ބޮޑަށް އިހްތިރާމް ލިބިވަޑައިގެންފައިވާ ބޭފުޅެއް. އަޅުގަނޑުގެ ޒަމާންވީ އަދި ގާތް އެކުވެރިއެއް،" މުހައްމަދާ އެކު ނޫސްވެރިންނާ ބައްދަލުކުރައްވައި ޓްރަމްޕު ވިދާޅުވި އެވެ.