ހާލަތު ބަދަލުކުރެވޭނީ އެކުވެރިކަމުގެ މެޗުތައް ގިނައިން ކުޅެން ލިބިގެން: މޯހަން

މިހާރު

19 ނޮވެމްބަރު 2025 | ބުދަ | 12:08

ގައުމީ ޓީމުގެ ހާލަތު ބަދަލު ކުރެވޭނީ އެކުވެރިކަމުގެ ގިނަ މެޗުތައް ކުޅެން ލިބިގެން ކަމަށް ކޯޗު މުހައްމަދު ޝިޔާޒު (މޯހަން) ބުނެފި އެވެ.

އޭޝިއަން ކަޕް ކޮލިފައިންގައި އިއްޔެ ފިލިޕީންސާ ދެކޮޅަށް ކުޅުނު މެޗަށް ފަހު މޯހަން ބުނީ ރަސްމީ މެޗުތަކުގައި ގޯސްތައް މަދުކޮށް ކުޅެވޭނީ އެކުވެރިކަމުގެ މެޗުތައް ކުޅެގެން ކަމަށެވެ.

އޭނާ ބުނީ ގޮތުގައި ރާއްޖޭގެ ފުޓްބޯޅަ އޮތް ހާލަތުގެ ގޮތުން މެޗުތަކެއް އިންތިޒާމު ނުކުރެވެނީ ކަމަށް ވެދާނެ އެވެ. އެކަމަކު ޓީމަށް ބަދަލު ގެނެވޭނީ ކައިރިކައިރީގައި އެކުވެރިކަމުގެ މެޗުތަކެއް ކުޅެގެން ކަމަށް އޭނާ ބުންޏެވެ.

މައުޟޫޢުތަށް