ހަށިވިއްކާކަމުގެ ތުހުމަތުގައި ސެލޫނަކުން ހަތަރު މީހަކު ހައްޔަރުކޮށްފި
މިހާރު
19 ނޮވެމްބަރު 2025 | ބުދަ | 12:13
މާލޭގައި ހިންގާ ސެލޫނެއް ފާސްކޮށް، ހަށިވިއްކާ ކަމުގެ ތުހުމަތުގައި ހަތަރު މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ ވެބްސައިޓުގައި ބުނީ "ޕީސް ސެލޫން އެންޑް ސްޕާ"ގައި މިދިޔަ ހޯމަ ދުވަހު ހިންގި އޮޕަރޭޝަންގައި ދިވެހި ފިރިހެނަކާއި ތައިލެންޑުގެ ތިން އަންހެނުން ހައްޔަރުކުރީ ފައިސާގެ ބޭނުމުގައި ޖިންސީ ކުށުގެ އަމަލު ހިންގައި ހަށިވިއްކުމުގެ ވިޔަފާރިކުރަމުންދާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރުކުރި ފިރިހެނަކީ ގއ. ވިލިނގިލި، ރިވެލި، މުހައްމަދު ސަމާމް ރަޝީދު، 28، އެވެ.