ޚާޝުގްޖީގެ މަރާ ގުޅުވައި މުހައްމަދާ ސުވާލުކުރުމުން ޓްރަމްޕު ވިދާޅުވީ "ކަންކަން ދިމާވާނޭ"

މިހާރު

19 ނޮވެމްބަރު 2025 | ބުދަ | 1:06

ސައޫދީގެ ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީ މަރާލި ހާދިސާގެ އެއްވެސް ކަމެއް އެ ގައުމުގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާނަށް އެނގިވަޑައިނުގަންނަވާ ކަމަށާއި އެކަމާ ބެހޭ ގޮތުން ނޫސްވެރިން ސުވާލުކުރަނީ "ލަދު ގަންނަވަން" ކަމަށް ވިދާޅުވެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު، މުހައްމަދުގެ ދިފާއުގައި ވާހަކަ ދައްކަވައިފި އެވެ.

މިހާރު އެމެރިކާއަށް ވަޑައިގެން އުޅުއްވާ މުހައްމަދާ އެކު ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓްރަމްޕު މިހެން ވިދާޅުވެފައި ވާއިރު 2021 ވަނަ އަހަރު އެމެރިކާގެ ޖާސޫސީ އިދާރާތަކުގެ އެސެސްމަންޓުގައި ބުނެފައިވަނީ ތުރުކީގައި ހުންނަ ސައޫދީ އެމްބަސީގައި ޚާޝުގްޖީ މަރާލުމަކީ މުހައްމަދުގެ އަމުރަށް ނުވަތަ އޭނާގެ ރުހުމާ އެކު ހިންގި އަމަލެއް ކަމަށެވެ.

މުހައްމަދު ކުރިން ވެސް ވަނީ ޚާޝުގްޖީގެ މަރާ ގުޅުމެއް ނޯންނާނެ ކަމަށް ވިދާޅުވެފަ އެވެ. އެއީ ވަރަށް ހިތާމަވެރި ހާދިސާއެއް ކަމަށާއި އެކަމުގައި ސައޫދީން ވާނީ އިންސާފު ހޯދައިދޭން ކުރެވެން ހުރި ހުރިހާ ކަމެއް ކޮށްފައި ކަމަށް ވެސް ވިދާޅުވި އެވެ.

މައުޟޫޢުތަށް