ޓެކްސީ ލައިން ފަށަން 407 ޑްރައިވަރުން ހޯދަނީ

މިހާރު

19 ނޮވެމްބަރު 2025 | ބުދަ | 2:40

އާއްމު ދަތުރުފަތުރުގައި މިހާރު ދިމާވާ ދަތިތައް ހައްލުކުރަން ސަރުކާރުގެ ޓެކްސީ ލައިންގެ ހިދުމަތް ފެށުމަށް ޑްރައިވަރުން ހޯދަން އެމްޓީސީސީން އިއުލާނުކޮށްފި އެވެ.

އެމްޓީސީސީއާ ހަވާލުކޮށްގެން ފެށުމަށް ތައްޔާރުވަމުން އަންނަ ޓެކްސީ ލައިނުގެ ހިދުމަތް ދެނީ އެޕްލިކޭޝަނަކުން ޓެކްސީއަށް އެދެވޭ ގޮތަށެވެ. އެ ހިދުމަތް 24 ގަޑިއިރު ދޭނެ އެވެ.

ޓެކްސީ ލައިނުގެ ހިދުމަތް މި އަހަރުގެ ޖުލައި މަހުގެ ތެރޭގައި ފަށާނެ ކަމަށް ޓްރާސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ކުރިން ވިދާޅުވިޔަސް އެ ހިދުމަތް ފެށުން ވަނީ ލަސްވެފަ އެވެ.

މައުޟޫޢުތަށް