ސަރުކާރުން ހުށަހެޅި 64.2 ބިލިއަންގެ ބަޖެޓް ކޮމެޓީން ފާސްކޮށްފި
މިހާރު
19 ނޮވެމްބަރު 2025 | ބުދަ | 5:01
އަންނަ އަހަރަށް ލަފާކޮށް ފިނޭންސް މިނިސްޓްރީން ހުށަހަޅާފައިވާ 64.2 ބިލިއަން ރުފިޔާގެ ބަޖެޓަށް ބަދަލެއް ނުގެނެސް، ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ދިރާސާކުރާ ކޮމެޓީން މިއަދު އެ ބަޖެޓް ފާސްކޮށް، މަޖިލީހުގެ ތަޅުމަށް ފޮނުވައިފި އެވެ.
މިއަދު ބޭއްވި ބަޖެޓް ކޮމެޓީގެ ބައްދަލުވުމުގައި، ސަރުކާރުން ހުށަހެޅި ގޮތަށް ބަޖެޓް ފާސްކުރަން ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ ހުށަހެޅުއްވުމުން، އެގޮތަށް ފާސްކުރީ 10 މެންބަރުންގެ ވޯޓުންނެވެ. ނަމަވެސް އެކަމާ ދެކޮޅަށް ހަތަރު މެމްބަރަކު ވޯޓު ދެއްވި އެވެ.
ބަޖެޓް ކޮމިޓީގެ މުގައްރިރު އަދި އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމު ވިދާޅުވީ ކޮމިޓީ މަރުހަލާގައި ބައެއް އިދާރާތަކުގެ ބަޖެޓު އިތުރު ކުރުމަށް އެދުނު ނަމަވެސް، އެގޮތަށް ބަދަލު ގެނެވެން ނެތް ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައިވާ ކަމަށެވެ.