އިސް ފަނޑިޔާރުކަމުން ފައިސަލް އިސްތިއުފާ ދިނުމުން ހައި ކޯޓު ވަގުތީ ގޮތުން ހިންގުން ފަނޑިޔާރު ޖަމީލަށް
މިހާރު
19 ނޮވެމްބަރު 2025 | ބުދަ | 4:33
ހައި ކޯޓުގެ އިސް ފަނޑިޔާރު ކަމުން ފަނޑިޔާރު މުހައްމަދު ފައިސަލް އިސްތިއުފާ ދެއްވުމާ ގުޅިގެން އެ ކޯޓުގެ ހިންގުން ވަގުތީ ގޮތުން ފަނޑިޔާރު އަބްދުﷲ ޖަމީލް މޫސާއާ ހަވާލުކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނިންމައިފި އެވެ.
ހައި ކޯޓުގެ އިސް ފަނޑިޔާރަކަށް އެންމެ ފަހުން ހުންނެވި ފަނޑިޔާރު ހުސައިން ޝަހީދު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވުމުން އެ ކޯޓުގެ އިސް ފަނޑިޔާރު ކަމަށް އެ ކޯޓުގެ ފަނޑިޔާރު މުހައްމަދު ފައިސަލް އައްޔަން ކުރަން ޖޭއެސްސީން މިދިޔަ އޭޕްރީލް މަހު އޮތީ ނިންމައިފަ އެވެ.
ނަމަވެސް މިހާތަނަށް ފަނޑިޔާރު ފައިސަލް އިސް ފަނޑިޔާރުގެ މަގާމަށް ރަސްމީކޮށް އައްޔަން ކުރައްވާފައެއް ނުވެ އެވެ. ނަމަވެސް، ކޯޓުގެ ހިންގުމާ ހަވާލުވެ ހުންނެވީ ފައިސަލެވެ. މިއަދު އޭނާ ވަނީ އެ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.