ޕާކިސްތާނު ސިފައިން އަރަބި ކަނޑުން 2،000 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފި

މިހާރު

19 ނޮވެމްބަރު 2025 | ބުދަ | 8:11

އަރަބި ކަނޑުގައި ޕާކިސްތާނުގެ ކަނޑުގެ ސިފައިން ހިންގި އޮޕަރޭޝަނެއްގައި 2،000 ކިލޯއަށް ވުރެ ގިނަ މެތަމްފެޓަމިން (އައިސް) އަތުލައިގެންފަައިވާ ކަމަށް މިއަދު ބުނެފި އެވެ.

ޕާކިސްތާން ނޭވީގެ ޑައިރެކްޓަރޭޓް ޖެނެރަލް ޕަބްލިކް ރިލޭޝަނުން ނެރުނު ބަޔާނުގައި ބުނީ މި ތަކެތީގެ އަގު 130 މިލިއަން ޑޮލަރު އަށް އަރާނެ ކަމަށެވެ.

އެ ބަޔާނުގައި ބުނީ ސައުދީ އަރަބިއްޔާގެ ކޮމްބައިންޑް މެރިޓައިމް ފޯސް (ސީއެމްއެފް) ގެ ދަށުން ސައުދީ އިސްވެ އޮވެ އުފައްދާފައިވާ "ކޮމްބައިންޑް ޓާސްކް ފޯސް 150" އަށް އެހީވާ ޕާކިސްތާނުގެ ނޭވީން ހިންގި އޮޕަރޭޝަންގައި މަސްތުވާތަކެތި ފެނުނީ ޝައްކުކުރެވޭ ލަކުޑި ބޯޓެއް ފާސްކުރުމުގެ ތެރޭގައި ކަމަށެވެ. އެއީ އެއްވެސް ގައުމެއްގެ ދިދަ ހުރި އުޅަނދެއް ނޫން ކަމަށް ވެސް ބުންޏެވެ.

މައުޟޫޢުތަށް