ޓްރޭޑްމާކް ގާނޫނަށް ފަހު، އީޖާދުތައް ހިމާޔަތްކުރާ ޕޭޓެންޓް ގާނޫނެއް ހަދަނީ

މިހާރު

19 ނޮވެމްބަރު 2025 | ބުދަ | 9:39

އާ އީޖާދުތަކާއި ފަރުމާތައް ފަދަ ފިކުރީ މުދާ، އެއީޖާދު ނުވަތަ ފަރުމާ ކުރާ މީހާގެ ހުއްދަ ނެތި ބޭންނުކުރެވޭ ގޮތަށް، އެކްސްކްލޫސިވް ރައިޓް ދަމަހައްޓަން ރަޖިސްޓްރީކުރާ ރަޖިސްޓްރީކުރުން ނުވަތަ "ޕޭޓެންޓް" އާ ބެހޭ ގާނޫނެއް ހެދުމުގެ މަސައްކަތް ސަރުކާރުން ފަށައިފި އެވެ.

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ބިލް ފަރުމާކުރަމުން އަންނަނީ ވޯލްޑް އިންޓެލެކްޗުއަލް ޕްރޮޕަޓީގެ މާހިރުންގެ އެހީގައި ކަމަށެވެ. އެ މަސައްކަތް ފެށީ ހަމަ އެ ދާއިރާއަށް ހާއްސަ ޓްރޭޑްމާކް ބިލް ފާސްކޮށް ތަސްދީގުކޮށް، ގާނޫނަކަކަށް ވުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސައީދު ވިދާޅުވި ގޮތުގައި ފިކުރީ މުދާ ރައްކާތެރިކުރުމާ ބެހޭ މި ގާނޫނުތަކާ އެކު، ފިކުރީ މުދަލުގެ ހައްގުތައް ރައްކާތެރިކޮށްދޭ އޮފީހެއް އަންނަ އަހަރު ރާއްޖޭގައި ހުޅުވާނެ އެވެ.

މައުޟޫޢުތަށް