އިޒްރޭލުން ޣައްޒާގައި 27 މީހަކު ޝަހީދުކޮށްލައިފި
މިހާރު
20 ނޮވެމްބަރު 2025 | ބުރާސްފަތި | 7:56
ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމާ ހިލާފުވެ އިޒްރޭލުން ޣައްޒާގައި ފަލަސްތީނުގެ 27 މީހަކު އިއްޔެ ޝަހީދުކޮށްލައިފި އެވެ.
ހަމަލާ ބަދަލުކުރުން ހުއްޓާލަން މިދިޔަ މަހުގެ 10 ވަނަ ދުވަހު ވީ އެއްބަސްވުމާ ހިލާފަށް އިޒްރޭލުން މިހާތަނަށް ދިން އެންމެ ނުރައްކާ އެއް ހަމަލާގައި ގިނަ ބަޔަކު ޝަހީދުކޮށްލާފައި ވާއިރު އިޒްރޭލާއި ހަމާސް އިން ދަނީ އެއްބަސްވުމާ ހިލާފުވުމުގެ ތުހުމަތު އެއްބަޔަކު އަނެއް ބައެއްގެ ބޮލުގައި އަޅުވަމުންނެވެ.
ޣައްޒާގެ ސިވިލް ޑިފެންސް އޭޖެންސީން ބުނި ގޮތުގައި ޣައްޒާގެ އުތުރުގައި އޮންނަ ޣައްޒާ ސިޓީން 14 މީހަކު ޝަހީދުކޮށްލި އެވެ. އަދި، ދެކުނުގެ ޚާން ޔޫނިސް ސަރަހައްދުން 13 މީހަކު ޝަހީދުކޮށްލާފައިވާ ކަމަށް ބުންޏެވެ. ޝަހީދުވި މީހުން ގެންދިޔަ ކަމަށް ބުނި ހޮސްޕިޓަލްތަކުން ވެސް ވަނީ މި އަދަދަށް މީހުން މަރުވެފައިވާކަން އޭއެފްޕީއަށް ކަށަވަރުކޮށްދީފަ އެވެ.