ގެއެއްގައި އަންހެނަކު ރަހީނުކުރި މައްސަލާގައި މީހަކު ހައްޔަރުކޮށްފި

މިހާރު

20 ނޮވެމްބަރު 2025 | ބުރާސްފަތި | 9:34

މާފަންނު ގެއެއްގެ ތެރޭގައި އަންހެނަކު ރަހީނުކުރި މައްސަލާގައި މީހަކު ހައްޔަރުކޮށްފި އެވެ.

އުމުރުން 18 އަހަރުގެ އަންހެނަކު "ހުއްދަ ނޫން ގޮތުގައި ގަދަކަމުން ހިފަހައްޓައި ޖިސްމާނީ އަނިޔާކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް" ފުލުހުންނަށް ރިޕޯޓުކުރީ މިދިޔަ އަންގާރަ ދުވަހު އެވެ.

ފުލުހުން ބުނީ، އެ މައްސަލާގައި ހައްޔަރުކުރީ ހ. ފޯސީޒަން، އުމުރުން 19 އަހަރުގެ އަހުމަދު އާހިލް މުނާޒު ކަމަށެވެ.

މައުޟޫޢުތަށް