ގުޅިފަޅުގެ 2،319 ގޯތީގެ ރަޖިސްޓަރީ ހަވާލުކޮށްފި
މިހާރު
20 ނޮވެމްބަރު 2025 | ބުރާސްފަތި | 10:37
ބިންވެރިޔާ ސްކީމުގެ ދަށުން ގުޅިފަޅުން ދޫކުރާ ގޯތިތަކުގެ ތެރެއިން 2،319 ގޯތީގެ ރަޖިސްްޓަރީ ހަވާލުކޮށްފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ހެދި ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭން މި ސަރުކާރުން ބަދަލުކޮށް، ގިރާވަރުފަޅުން ކުރިން ދޭން ނިންމި ބައެއް ގޯތިތައް ގުޅިފަޅުން ދޭގޮތަށް ހަމަޖެއްސި އެވެ. އެހެންވެ، ކުރީގެ ރަޖިސްޓަރީތައް ބާތިލުކޮށް، ގޯތި ލިބޭ ސަރަހައްދުތައް އަލުން ކަނޑައަޅައި ގޯތީގެ ރަޖިސްޓަރީ ދޫކުރަން ފެށި މިދިޔަ ޖުލައި މަހުގަ އެވެ.
ގޯތި ދިނުމުގެ އުސޫލަށް ފުށުއަރާ ކަންތައްތަކެއް އާ އެއްބަސްވުމުގައި ހުރި ކަމަށް ބުނެ، ގޯތިތަކުގެ ރަޖިސްޓަރީ ދިނުމަށް ހަދާ އާ އެއްބަސްވުމުގައި ސޮއިކުރަން ބައެއް މީހުން ދެކޮޅު ހަދަމުންދަނިކޮށް، މިނިސްޓްރީން ވަނީ އާ ރަޖިސްޓަރީ އާއި އެއްބަސްވުމުގައި ސޮއިކުރުމުގެ ފަހު މުއްދަތު ދީފަ އެވެ.