ބޮޑު ތަކުރުފާނު މަގުގައި އެކްސިޑެންޓް ގިނަ ސަރަހައްދެއް؛ ސަމާލުވާން އެދިއްޖެ!

މިހާރު

20 ނޮވެމްބަރު 2025 | ބުރާސްފަތި | 12:46

ބޮޑުތަކުރުފާނު މަގު، ސްވިމިން ޓްރެކް ކައިރީގައި ހަދާފައިވާ ތެޔޮ ޕަމްޕު ސްޓޭޝަން ސަރަހައްދުގައި ގިނައިން އެކްސިޑެންޓު ހިނގާތީ އެ ތަނުން ދަތުރުކުރާއިރު ސަމާލުވާން ފުލުހުން މިއަދު އެދިއްޖެ އެވެ.

ޓްރެފިކް ފުލުހުން، ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުގައި ބުނީ އެ ސަރަހައްދުގައި ގިނައިން އެކްސިޑެންޓު ހިނގާކަން ފާހަގަކުރެވޭ ކަމަށެވެ. އެހެންވެ، އެ މަގުން ދުއްވާ މީހުންނާއި މަގު ހުރަސް ކުރާއިރު އިތުރަށް ސަމާލުވާން ވަނީ އިލްތިމާސްކޮށްފަ އެވެ.

އެގޮތުން، އެ ސަރަހައްދުން ދަތުރުކުރާއިރު ދުވެލި މަޑުކޮށް، ފުރިހަމައަށް ސަމާލުކަން ދިނުމާއި ޓްރެފިކް ގަވާއިދުތަކަށް ބޯލެނބުން އަދި ރައްކާތެރި މިންވަރަކަށް ދުރުމިން ބަހައްޓަން ވަނީ އެދިފަ އެވެ.

މައުޟޫޢުތަށް