ގޫގުލް ޕްރޮޖެކްޓަށް ހިތަދޫން 15،000 އަކަފޫޓުގެ ބިމެއް، ކައުންސިލަށް އާމްދަނީ ނުލިބޭ ގޮތަށް ބިން ދޭން ދެކޮޅު ހަދަނީ!

މިހާރު

20 ނޮވެމްބަރު 2025 | ބުރާސްފަތި | 11:59

ސިޓީ ކައުންސިލުން ބުނި ގޮތުގައި، ގޫގުލް އަށް ދޫކުރާ 15،000 އަކަފޫޓުގެ ބިމަކީ ގާތްގަނޑަކަށް މަހެއްގެ މައްޗަށް 1.1 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެ ބިމެއް.

ގޫގުލް އިން ރާއްޖޭގައި އިންޓަނޭޝަނަލް ސަބްމެރިން ކޭބަލް ސްޓޭޝަނެއް ގާއިމްކުރުމުގެ މަސައްކަތަށް އައްޑޫ ހިތަދޫން 15،000 އަކަފޫޓުގެ ބިމެއް ހަމަޖައްސައިފި އެވެ.

އައްޑޫ ސިޓީ ކައުންސިލުން އިއްޔެ ބޭއްވި ރަސްމީ ޖަލްސާގައި އެ ކައުންސިލްގެ ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ މުގައްރިރު ހިތަދޫ ކޮރަވަލު ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝިނާޒު ވިދާޅުވީ އެއީ ހިތަދޫގެ ހިއްކި ބިމުން ހައުސިން މިނިސްޓްރީ އަށް ރަޖިސްޓްރީ ކޮށްދީފައިވާ ބިމެއް ކަަމަށެވެ. އެ ބިމުގެ ރަޖިސްޓްރީ އިކޮނޮމިކް މިނިސްޓްރީ އަށް ބަދަލުކޮށް ދޭން ކައުންސިލްގައި މިހާރު އެދިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މައުޟޫޢުތަށް