ހައި ކޯޓުގެ ފަނޑިޔާރު ނިޔާޒު 23 އަހަރަށް ފަހު ރިޓަޔާކުރައްވަނީ
މިހާރު
20 ނޮވެމްބަރު 2025 | ބުރާސްފަތި | 12:21
ހައި ކޯޓުގައި މި ވަގުތު ހުންނެވި އެންމެ ގިނަ ދުވަސްވީ ފަނޑިޔާރު މުހައްމަދު ނިޔާޒު، ފަނޑިޔާރުކަމުން ރިޓަޔަކުރައްވަން ނިންމަވައި، އެކަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅުއްވައިފި އެވެ.
ޖޭއެސްސީގެ ނައިބު ރައީސްކަމުން ވެސް މީގެ ދުވަސްކޮޅެއް ކުރިން އިސްތިއުފާ ދެއްވި ނިޔާޒު ރިޓަޔަމެންޓަށް ހުށަހަޅުއްވީ މިދިޔަ އާދިއްތަ ދުވަހު އެވެ. އޭނާގެ އެ ހުށަހެޅުމަށް ބަލައި، ފަނޑިޔާރުގެ ރިޓަޔަމަންޓް ގަބޫލުކުރަން ޖޭއެސްސީން މިދިޔަ ހޯމަ ދުވަހު ނިންމާފައިވާ ކަމަށް ވެސް ވަނީ މައުލޫމާތު ލިބިފަ އެވެ.
ފަނޑިޔާރު ނިޔާޒު ރިޓަޔާކުރައްވަން ހުށަހެޅުއްވި ސީދާ ސަބަބެއް ސާފެއް ނުވެ އެވެ. ނަމަވެސް، ފަނޑިޔާރު އެގޮތަށް ނިންމެވީ ފަނޑިޔާރުކަމުގައި ގިނަ ދުވަހު ހިދުމަތް ކުރެވިފައިވުމާއި ސިއްހީ ހާލަތަށް ރިއާޔަތްކުރެއްވުމަށް ފަހު ކަމަށް އެނގިފައިވެ އެވެ.