ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާ ދިނުމަކީ ހަމަހަމަކަން ދައްކުވައިދޭ ކަމެއް: ފަސްޓް ލޭޑީ

މިހާރު

20 ނޮވެމްބަރު 2025 | ބުރާސްފަތި | 2:56

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދައުލަތުން ވަޒީފާ ލިބޭނެ ފުރުސަތު ފަހިވެގެން ދިއުމަކީ ހުރިހާ ދިވެހިންނަކީ ހަމަހަމަ ބައެއްކަން އަމަލީ ގޮތުން ސާބިތުކޮށް ދިނުމުގެ ވަރަށް ފުރިހަމަ މިސާލެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުސަތު ދިނުމަށް އެމްޕީއެލްއިން ފެށި "ފަހި ޕްރޮގްރާމް - އެކުއެކީ، ގުޅިގެން" ދަށުން ވަޒީފާ ލިބުނު މީހުންނާ ލިޔުން ހަވާލުކުރަން އެމްޕީއެލްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފަސްޓް ލޭޑީ ވިދާޅުވީ އެފަދަ މީހުންނަށް ދައުލަތުން ވަޒީފާގެ ފުރުސަތު ދިނުމަކީ އިންސާނީ ކަރާމަތަށް އިސްކަން ދިނުމުގެ ވަރަށް މަތިވެރި ނިންމުމެއް ކަމަށެވެ.

އަދި އެއީ އެތައް ބައެއްގެ ހިތްދަތި އިހުސާސްތަކާއި ވޭންތަކަށް ދިން ފަރުވާއެއް ކަމަށް ވެސް ވިދާޅުވި އެވެ.

މައުޟޫޢުތަށް