އެންޑީއޭއިން ފަރުވާ ހޯދާ މީހުންނަށް ޑްރަގް ދީގެން ގުޅުން ހިންގާ މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި
މިހާރު
20 ނޮވެމްބަރު 2025 | ބުރާސްފަތި | 2:21
ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އަށް ފަރުވާ ހޯދަންދާ ކްލައިންޓުންނަށް މަސްތުވާތަކެތި ދީގެން ނަހަމަ ގުޅުން ހިންގާ މައްސަލައެއްގައި އެތަނުގެ މުވައްޒަފަކު ހައްޔަރުކޮށްފި އެވެ.
އެ މައްސަލައިގައި ހައްޔަރުކުރީ މުހައްމަދު ފަސީހު، 51، ސ. ފޭދޫ، އެވެ.
އެ މީހާ ހައްޔަރުކުރީ އެންޑީއޭ އިން އެ މައްސަލަ ހުށަހެޅުމުންނެވެ.