މާލީ ބައިވެރިވުން އިތުރު ކުރުމުގެ މަސައްކަތަށް ބީއެމްއެލް އަށް ބައިނަލްއަގްވާމީ އެވޯޑެއް

މިހާރު

20 ނޮވެމްބަރު 2025 | ބުރާސްފަތި | 1:08

މާލީ ދާއިރާގައި ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ކޯރަސްގެ ފަރާތުން "އައުޓްސްޓޭންޑިން އެޗީވްމަންޓް އޮފް ދަ އިޔާ އިން ފައިނޭންޝަލް އިންކްލޫޝަން" އެވޯޑު ރާއްޖޭގެ އެންމެ ބޮޑު ބޭންކަށް ދީފި އެވެ.

ރާއްޖޭގެ ގައުމީ ބޭންކު ބީއެމްއެލް އަށް އެ ފަހުރުވެރި އެވޯޑް ދިނީ ދުބާއީގައި ބޭއްވި "ރީއިންވެންޓް ފޯރަމް 2025" އެވެ.

މި އެވޯޑު ބީއެމްއެލް އަށް ދިނީ "މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" މަޝްރޫއުއާ އެކު، ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ބޭންކިން ހިދުމަތް ގާއިމުކޮށް، މާލީ ބައިވެރިވުން އިތުރު ކުރުމަށް ކޮށްފައިވާ މަސައްކަތްތައް ފާހަގަކޮށް ކަމަށް ބީއެމްއެލް އިން ބުންޏެވެ.

މައުޟޫޢުތަށް