ނުކުޅެދުންތެރިކަން ހުންނަ 40 މީހަކަށް އެމްޕީއެލް އިން ވަޒީފާ ހަމަޖައްސައިދީފި

މިހާރު

20 ނޮވެމްބަރު 2025 | ބުރާސްފަތި | 2:30

ނުކުޅެދުންތެރިކަން ހުންނަ 40 މީހަކަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ވަޒީފާ ހަމަޖައްސައިދީފި އެވެ.

ގިނަ ބަޔަކަށް ވަޒީފާ ހަމަޖައްސައިދިނީ، އެމްޕީއެލްގެ "ފަހި ޕްރޮގުރާމް - އެކުއެކީ، ގުޅިގެން"ގެ ނަމުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދޭން ފެށި ހާއްސަ ޕްރޮގްރާމްގެ ދަށުންނެވެ.

އެމްޕީއެލްގެ ހެޑް އޮފީހުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި 40 މީހުންނަށް ވަޒީފާ ހަމަޖެހުނު ކަމުގެ ލިއުން ހަވާލު ކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ފަސްޓް ލޭޑީ ސާޖިދާ މުހައްމަދެވެ.

މައުޟޫޢުތަށް