ދޮޅުލައްކަ އާބާދީގެ ކުޑަކުޑަ ގައުމުގެ ވޯލްޑް ކަޕް ދަތުރުގައި ދެބައިން!
މިހާރު
20 ނޮވެމްބަރު 2025 | ބުރާސްފަތި | 2:32
ޑިކް އެޑްވޮކާޓް ކިޔުރެސާއޯ ކޯޗު ކަމާ ހަވާލުވާން އެއްބަސްވެ، މަސައްކަތް ނުފެށި ގިނަ ދުވަސްތަކެއް މަޑުކުރަން ޖެހުނެވެ. ކެރީބިއަން ކަނޑުގެ ކުޑަކުޑަ ގައުމުގެ ފުޓްބޯޅަ އިދާރާގައި އޮތް މާލީ މައްސަލަތަކާ ހެދި އެޑްވޮކާޓްގެ އިންތިޒާރު ދިގުލައިގެން ދިޔަ އެވެ. މާލީ މައްސަލަތަކާ ހުރެ ހައްލުނުވެ އޮތީ އޭނާގެ މުސާރަ އެކަންޏެއް ނޫނެވެ. ގައުމީ ޓީމުގެ ކުޅުންތެރިންނަށް ދޭން ޖެހޭ މުސާރަ ވެސް ހުރި އާދާނުކޮށެވެ. މައްސަލަތަކަށް ހައްލެއް ހޯދައި ކުޅުންތެރިންގެ މުސާރަ ވެސް އަދާކޮށް، އެޑްވޮކާޓް އަށް މަސައްކަތް ކުރާނެ ފުރުސަތު ޖާގަ ޖެނުއަރީ 2024 ގައި ހަމަޖެހިގެން ދިޔަ އެވެ.
އެކަމަކު އޭގެ ކުރިން އުނދަގޫ ހާލަތުގައި ގޮންޖެހުންތަކާ އެކު ވެސް ކިޔުރެސޯއޯގެ ޓީމު ލީޑް ކުރީ އޭނާގެ އާއިލާ އެ ގައުމުގައި އޮތް ޑީން ގޯރޭ އެވެ. އަޔެކްސް އާއި ހާޑަސްފީލްޑް ޓައުންގެ ކުރީގެ މިޑްފީލްޑަރު ކިޔުރެސޯއޯގައި މަސައްކަތް ކުރީ އޭނާގެ އާއިލާ އަށް ޓަކަ އެވެ. އޭނާގެ އަސްލު ވަޒަނަކީ ކެރީބިއަން ކަނޑުގެ ކުޑަކުޑަ އެހެން ގައުމެއްކަމަށްވާ ސުރިނާމެވެ.
ވޯލްޑް ކަޕަށް ކިޔުރެސޯއޯ ކޮލިފައިން ކޮށްދިން ޓީމުގެ މިޑްފީލްޑަރު ކިންޖީ ގޯރޭއަކީ އޭނާގެ ދަރިފުޅެވެ.