ސަން ފްރަންޓު މައްސަލަ: އިސްތިއުނާފު ކުރަން ލަފާދިން އިރު އެކަން އޮތީ ދައުލަތުން ފުރިހަމަކޮށްފައި!

މިހާރު

21 ނޮވެމްބަރު 2025 | ހުކުރު | 12:26

ދައުލަތުން ސަން ފްރޮންޓަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި 20 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޭން ޖެހޭނެ ކަމަށް ސިވިލް ކޯޓުން ކުރި ހުކުމް އިސްތިއުނާފު ކުރަން އޮޑިޓާ ޖެނެރަލްގެ އޮފީހުން އިއްޔެ އާންމުކުރި ރިޕޯޓުގައި ދައުލަތަށް ލަފާދިން ނަމަވެސް ބަންޑާރަ ނައިބުގެ އޮފީހުން އެކަން އޮތީ މީގެ ހަތަރު މަސް ކުރިން ފުރިހަމަ ކޮށްފައި ކަން ހާމަވެއްޖެ އެވެ.

ސަން ފްރޮންޓަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި 20.8 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން މިދިޔަ ޖޫން މަހު ސިވިލް ކޯޓުން ހުކުމްކުރީ މާލޭގެ ހުޅަނގު ދެކުނު ހާބަރު ސަރަހައްދުން ބިން ގަތުމަށް އެ ކުންފުނިން 2010 ވަނަ އަހަރު ސަރުކާރަށް ފައިސާ ދެއްކުމުން ބިން ހަވާލު ނުކޮށް އަދި ފައިސާ އަނބުރާ ހަވާލު ނުކުރި މައްސަލާގަ އެވެ.

އޮޑިޓާ ޖެނެރަލްގެ އޮފީހުން ހާއްސަ އޮޑިޓެއް ހަދައި އިއްޔެ އާންމުކުރި ރިޕޯޓްގައި ބުނީ ދައުލަތުން ސަން ފްރޮންޓަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި 20 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޭން ޖެހޭނެ ކަމަށް ސިވިލް ކޯޓުން ހުކުމްކުރި ނަމަވެސް ހިސާބުތަކަށް ބަލާއިރު، އެ ކުންފުންޏަށް ބަދަލުގެ ގޮތުގައި ދޭން ޖެހޭނީ 10.7 މިލިއަން ރުފިޔާ ކަމަށެވެ. އެހެންވެ. އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކުރުމަށް އެ ރިޕޯޓުގައި އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒީ އިއްޔެ ލަފާ ދެއްވި އެވެ.

މައުޟޫޢުތަށް