ބެކަމްގެ ލޮލުގައި އަޅައިގަތީ ރާއްޖޭގެ ބަބުލް
މިހާރު
21 ނޮވެމްބަރު 2025 | ހުކުރު | 9:03
ބައިނަލްއަގުވާމީގޮތުން އިއްޔެ ފާހަގަކުރި ކުޑަކުދިންގެ ދުވަހު ތިން އަހަރުގެ ބަބުލް އަށް ލިބުނީ ބޮޑު ސަޕްރައިޒެކެވެ.
ދުވަހުގެ ތަހުނިޔާ ފޮނުވައި، ޔުނިސެފްގެ ގުޑްވިލް އެމްބެސެޑަރު ޑޭވިޑް ބެކަމް، ވީޑިއޯއަކާ އެކު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުގައި ބުނީ ދުނިޔޭގެ އެކި ހިސާބުތަކުގައި އުޅޭ ކުދިންނަށް ތައުލީމާއި ފުރުސަތުތައް ދިނުމަށް އެ ޖަމާއަތުން ކުރާ މަސައްކަތްތަކަށް ތާއީދު ކުރާ ކަމަށެވެ.
އެ ފްލެޓްފޯމްތަކުގައި ރާއްޖޭގެ ބަބުލްގެ ވީޑިއޯ ހިއްސާ ކޮށްދޭން ވެސް ބޭނުންވީ އެ ކުއްޖާގެ ވާހަކައިން ލިބުނު ހިތްވަރުގައި ކަމަށް ބެކަމް ބުންޏެވެ.