ދެ އަހަރަށް ފަހު ފުރަތަމަ މެޗަށް ނުކުންނަން ޕޮގްބާ ތައްޔާރުވެއްޖެ
މިހާރު
21 ނޮވެމްބަރު 2025 | ހުކުރު | 9:26
މަނާ ބޭހަށް ޕޮޒިޓިވް ވުމުން ސަސްޕެންޑްކޮށްފައި ހުރި ޕޯލް ޕޮގްބާ ދެ އަހަރަށް ފަހު އަލުން ކުޅެން ނުކުންނަން ތައްޔާރުވެއްޖެ އެވެ.
ސެޕްޓެމްބަރު 2023 ގެ ފަހުން ޕޮގްބާ އެއްވެސް މެޗެއް ނުކުޅެ އެވެ. އޭރު ޔުވެންޓަސްގެ މިޑްފީލްޑަރު ސަސްޕެންޑް ކުރީ ހަތަރު އަހަރަށެވެ. ނަމަވެސް އޭނާ މައްސަލަ އިސްތިއުނާފު ކުރުމުން ދެ އަހަރަށް ސަސްޕެންޝަން ލުއިކޮށްދިނެވެ.
އޭނާ ބޭނުން ކުރީ ޑީހައިޑްރޯއެޕިއަންޑްރޯސްޓިރޯން ނަން ދީފައިވާ އެއްޗެކެވެ. ޕޮގްބާ ބުނެފައި ވަނީ އެއީ އޭނާ ގަސްތުގައި ބޭނުން ކުރި އެއްޗެއް ނޫން ކަމަށެވެ. އޭނާ ބުނީ އޭނާ ބޭސް ބޭނުން ކުރީ ކާއެއްޗިހިން ހަށިގަނޑަށް ލިބޭ މާއްދާތައް ފޯރުކޮށްދޭ ސަޕްލިމެންޓެއް ބޭނުންކުރުމުގެ ގޮތުން ކަމަށެވެ. އޭގައި މަނާބޭހުގެ މާއްދާއެއް ހުންނަކަން އެނގިފައި ނެތް ކަމަށް އޭނާ ބުނެފައި ވއެވެ.