އުސޫލާ ހިލާފަށް ޓޫރިޒަމަށް ބިން ދިނުމުން ފިއްލަދޫ ކައުންސިލަށް 69 މިލިއަނުގެ ގެއްލުމެއްވާނެ: އޮޑިޓު

މިހާރު

21 ނޮވެމްބަރު 2025 | ހުކުރު | 12:27

ހއ. ފިއްލަދޫ ކައުންސިލުން އެ ރަށުގައި ޓޫރިޒަމް ވިޔަފާރި ފުޅާކުރުމަށް 50 އަހަރަށް 66 ބިން ދޫކޮށްފައިވާ ގޮތުން 69.9 މިލިއަން ރުފިޔާގެ ގެއްލުންވާނެ ކަމަށް އޮޑިޓާ ޖެނަރަލްގެ އޮފީހުން ބުނެފި އެވެ.

ފިއްލަދޫ ކައުންސިލުން 2024 ވަނަ އަހަރުގެ ބަޖެޓު ހޭދަކުރީ އެ އަހަރަށް ކައުންސިލު ބަޖެޓު ފާސްކުރި ގޮތާ އެއްގޮތަށްތޯ ބެލުމަށް ހަދާފައިވާ އޮޑިޓުގައި ބުނީ ކައުންސިލުގެ އިދާރާ އިން ޓޫރިޒަމަށް ބިން ދޫކުރުމަށް ތައްޔާރުކޮށްފައިވާ އުސޫލާ ހިލާފަށް ޕްރޮޕޯސަލްތައް އިވެލިއޭޓްކުރުމާއި ޕްރޮޕޯސަލްތަކާއި ހިލާފަށް އެއްބަސްވުންތައް ތައްޔާރުކޮށްފައިވުމުގެ ސަބަބުން އެ އެއްބަސްވުންތަކުގެ މުއްދަތުގައި 69.9 މިލިއަން ރުފިޔާގެ ގެއްލުން ވާނެ ކަމަށެވެ.

އެ ރިޕޯޓުގައި ބުނީ ކުއްޔަށް ދޫކުރުމަށް ހުށަހަޅާފައިވާ ބިންތަކުގެ ތެރެއިން ބައެއް ބިންތަކަށް ކުލި ހުށަހެޅުމުގައި އަހަރުން އަހަރަށް ކުލި އިތުރުވާ ގޮތަށް ހުށަހަޅާފައިވާ ޕްރޮޕޯސަލްތަކަށް މާކްސް ދިނުމުގައި ކުއްޔަށް ނެގުމަށް ހުށަހަޅާފައިވާ މުއްދަތަށް ލިބޭނެ ޖުމްލަ އާމްދަނީއަށް ރިއާޔަތްނުކުރާ ކަމަށެެވެ. އޭގެ ބަދަލުގައި ފުރަތަމަ އަހަރަށް ހުށަހަޅާފައިވާ އަގަަށް ބަލައިގެން އިވެލުއޭޓްކުރުމުގެ ސަބަބުން ބިން ލިބެންވާ ފަރާތް ނޫން އެހެން ފަރާތްތަކަށް ގިނައިން ޕޮއިންޓު ލިބި، ބިން ހަވާލުކޮށްފައިވާ ކަމަށް ބުންޏެވެ.

މައުޟޫޢުތަށް