ފަސް ރަށެއްގައި ހަލާލު ޓޫރިޒަމް ތަަރައްގީކުރާނެ ބަޔަކު ހޯދަން އަލުން ހުޅުވާލައިފި
މިހާރު
21 ނޮވެމްބަރު 2025 | ހުކުރު | 2:35
ޓޫރިޒަމް ތަރައްގީކުރުމަށް ބީލަމުގެ އުސޫލުން ކުއްޔަށް ދޫކުރުމަށް ކަނޑައަޅާފައިވާ ރަށްރަށާއި ފަޅުތަކުގެ ތެރެއިން ހަލާލު ޓޫރިޒަމް މޮޑެލްއަށް ޓޫރިސްޓު ރިސޯޓު ތަރައްގީކޮށް ހިންގާނެ ބަޔަކު ހޯދަން އަލުން ޓޫރިޒަމް މިނިސްޓްރީން އިއުލާނުކޮށްފި އެވެ.
އެކަމަަށް ޝައުގުވެރިކަން ހުރި ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައި އާންމުކޮށްފައިވާ އިއުލާނުގައިވާ ގޮތުން ހަލާލު ޓޫރިޒަމް މޮޑެލްއަށް ޓޫރިސްޓު ރިސޯޓު ތަރައްގީކުރަން ހުޅުވާލީ ހއ. ގެ ދެ ރަށެއް ކަމަށްވާ ބީނާފުއްޓާއި ކަނޑާލިފިނޮޅާއި ހދ. މަކުނުދޫ ފަރު 1 އަދި ށ. ފުށިފަރާއި ލ. ފޮނަގާދޫގަ އެވެ.
މިނިސްޓްރީން ބުނީ އެކަމަށް ޝައުގުވެރިވާ ފަރާތުން އަންނަ ޑިސެމްބަރު 9 އަކާއި ޖެނުއަރީ 6 ގައި އޮންލައިންކޮށް ބާއްވާ މައުލޫމާތު ސާފުކުރުމުގެ ސެޝަންގައި ބައިވެރިވާން ޖެހޭ ކަމަށެވެ. އެ މައުލޫމާތު ސެޝަނުގައި ބައިވެރިވުމަށް އެދޭ ފަރާތުގެ މައުލޫމާތުތައް، އެ ސެޝަން ބޭއްވުމުގެ އެއް ދުވަސް ކުރިން މިނިސްޓްރީގެ އީމެއިލް މެދުވެރިކޮށް އަންގަން ޖެހެ އެވެ.