ޣައްޒާގެ ސުލްހައިގެ އެއްބަސްވުމާ އިޒްރޭލުން ހިލާފުވުން ހުއްޓުވަން ރާއްޖެއިން ގޮވާލައިފި

މިހާރު

21 ނޮވެމްބަރު 2025 | ހުކުރު | 4:11

ފަލަސްތީނުގެ ޣައްޒާގައި ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމާ ތަކުރާރުކޮށް ހިލާފުވެ، އިޒްރޭލުން އަދިވެސް ހުއްޓުމެއް ނެތި ހަމަލާދީ، ފަލަސްތީނުގެ މައުސޫމް އެތައް ބަޔަކު ޝަހީދު ކުރަމުންދާ ދިޔުން ރާއްޖޭން މިއަދު ކުށްވެރިކޮށްފި އެވެ.

ޣައްޒާ ކޮންޓްރޯލް ކުރާ ހަމާސް ޖަމާއާތާ ދެމެދު ހަމަލާ ބަދަލުކުރުން ހުއްޓާލަން މިދިޔަ މަހުގެ 10 ވަނަ ދުވަހު ވީ އެއްބަސްވުމާ ހިލާފަށް އިޒްރޭލުން ދަނީ ކޮންމެ ދުވަހަކު ވެސް ޣައްޒާއަށް ހަމަލާދީ އެތައް ބަޔަކު ޝަހީދުކުރަމުންނެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމާ ކަނޑައެޅިގެން ހިލާފުވެ، އިޒްރޭލުން ޣައްޒާއަށް ދެމުންދާ ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

މައުޟޫޢުތަށް